2
ބޮޑު މަހުގެ ބަނޑުތެރޭ އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވި ދުޢާފުޅު 
 1 ދެން ޔޫނުސްގެފާނު އެ މަހުގެ ބަނޑުތެރޭގައި ލެއްވި ހިނދު މިފަދައިން ދުޢާފުޅު ކުރެއްވިއެވެ. 
 2 ”މިއަޅާ ފުންކަނޑުގެ ކަށްވަޅުގައި މަރުގެ ތުންފަތްމަތީ މި މުސީބާތުގައި ވީ ހިނދު ތިޔަ މަތިވެރި ކަލާނގެއަށް ދުޢާ ދެންނެވީމު. 
އިނބަރަސްކަލާނގެ އެދުޢާ އައްސަވައި ވޮޑިގަންނަވައި އިޖާބަ ކުރެއްވީމު. 
 3 އިނބަރަސްކަލާނގެ މި އަޅާ ކަނޑުލެއްވި ހިނދު ފޮނުއަރައިގެން 
ކެކެމުން އައި ބިޔަ ރާޅުތަކުގެ ހޮޅިދަށުވެ 
ފުންކަނޑުގެ އެންމެ ފުންމިނަށް މިއަޅާ ގެނބިގެން ދިޔަ. 
 4 އެހިނދު މިއަޅާއަށް ހީކުރެވުނު. އިނބަރަސްކަލާނގެ ބައްލަވާވޮޑިގަތުމުގެ ދަށުން 
މިއަޅާ މި ބޭރުވީތާއޭ. 
އެހެނަސް އެ މަތިވެރި ބައިތުލް މަޤްދިސަށް 
މިއަޅާ އަލުން ގެންދަވާނެކަމުގެ އުންމީދު މިއަޅާ ގެއްލުވައެއް ނުލަން. 
 5 ކެކިގެން އުތުރިއަރަމުން އައި 
ލޮނުގަނޑު އައިސް ވަށާލައި މިއަޅާގެ ނޭވާ ހާސްކޮށްލި. 
މޫދުވިނަތައް އައިސް މިއަޅާގެ ބޮލުގައި އޮޅާލި. 
 6 ބިޔަ ފަރުބަދަތަކުގެ މުލާ ހަމަޔަށް ގެނބިގެންދިޔަ ހިނދު، 
މަރު އައިސް މިއަޅާ ގެންގޮސް ގައިދުކޮށްލި ހިނދު، 
އިނބަރަސްކަލާގެ އެ އަނދިރިވަޅުގަނޑުން މިއަޅާ ނެރުއްވީމު. 
 7 މިއަޅާގެ ދިރިހުރުމުގެ ހުޅުކޮޅު ކަނިވެ މަރު ގާތްވެގެން އައި ވަގުތު 
އިނބަރަސްކަލާގެ މަތިން ހަނދުމަވެ ދުޢާ ދެންނެވީމު. 
އިނބަރަސްކަލާގެ މަތިވެރި ދަރުބާރުން އެދުޢާ އައްސަވައި އިޖާބަ ކުރެއްވީމު. 
 8 އަގެއް ނެތް ބުދުތަކަށް އަޅުކަންކޮށް އުޅޭ މީހުން އެތިބެނީ 
އޯގާވެރި ކަލަކަށް ފުރަގަސްދީގެން. 
 9 އެހެނަސް މިއަޅާ އިނބަރަސްކަލާނގެއަށް 
މަދަހަ ސަނާގެ ޤުރުބާނީއެއް ހަރުއަޑުން ހުށަހަޅަން. 
މިއަޅާގެ ނަދުރު ފުއްދާހުށީން. 
މިއަޅާއަށް ދިންނެވުން ލިބުން އޮތީ އިނބަ ރަސްކަލާނގެ ކިބަފުޅުން.“ 
 10 އެހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.